English Edition
Dhivehi Edition
އިސްލާމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް އައުޓްލުކް

ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުވުމަށް ވީޑިއޯ ކްލިޕް ހެދުމުގެ މުބާރާތެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ،

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެއްވަނައަށް ދާ ފަރާތަކަށް 5 ހާސް ރުފިޔާގެ އިނާމެއް ހުށައަޅައިފައިވާ މި މުބާރާތަކީ ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ މުބާރާތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ،

އިސްލާމިކް މިނިސްޓްރީން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް، ސޯޝަލް ނެޓްވޯކްގެ ތެރެއިން ވީހާ ވެސް ގިނަ ޢަދަދެއްގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާއީ މެސެޖުތަކާއި ނަޞޭޙަތް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި މުބާރާތުގެ އުސޫލުތައް ވަނީ އާއްމުކޮށްފައެވެ، މި ގޮތުން މި މުބާރާތުގައި އިސްލާމިކް މިނިސްޓްރީގެ މުއައްޒަފުންނަށް ބައިވެރި ނުވެވޭނެކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް ޓަކައި 14 އޮކްޓޯބަރ 2021ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ފޯމު ފުރިހަމަ ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި 14 ނޮވެންބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ބައިވެރިކުރާ ކްލިޕްގެ ސީޑީ މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވެސް އެމިނިސްޓްރީން ވަނީ އެދިފައެވެ،