English Edition
Dhivehi Edition

ދޯންޏެއް އަޑިއަށް ގޮސް, ގެއްލުނު ފަސް ދިވެހި އަދިވެސް ފެނިފައިނުވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އަޑިއަށް ގޮސްފައިވަނީ ފަސް މީހުންނާއިއެކު ކާށިދޫން ފުރައިގެން ޅ.އަތޮޅަށް ދަތުރުކުރަމުންދިޔަ ‘ވައިވިލާ’ ނަމަކަށް ކިޔާ ދޯންޏެކެވެ. 60 ފޫޓުގެ ސަޕްލައި ދޯންޏެއް، ޅ.އަލިގާގެ ހުޅަނގުން ހަތަރު މޭލު ބޭރުން އަޑިއަށް ގޮސްގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 05:59 ހާއިރުއެވެ.

މި ދޯނި އަޑިއަށްދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާއިރު، މީހުން ހޯދުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ޑޯނިޔާ ފްލައިޓް އަންނަނީ އެ ސަރަޙައްދަށް ދަތުރުކުރަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެ ސަރަހައްދަށް ގޮސްފައިވާކަމަށެވެ.