English Edition
Dhivehi Edition

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) އަކީ ހިންގުންތެރި އަދި ގާބިލު ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމަށް ސޯބެ އައްޔަންކުރުމާއި ގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވިޓެއްގައެވެ،

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވިޓުގައި ވިދާޅުވީ، ސޯބެ އަކީ ހިންގުންތެރި އަދި ގާބިލު ބޭފުޅެއް ކަމަށެވެ. އަދޮ ސޯބެ އަކީ އައްޑޫސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް ވެސް އެންމެ އެކަށީގެންވާ އެއް ބޭފުޅާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ސޯބެ ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.

ސޯބެ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލަރ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ސަނަދު ހާސިލްކުރައްވާފައެވެ