English Edition
Dhivehi Edition

ގއ. ވިލިނގިލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ގުރޫ ނަގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި ވާ ގޮތުގައި، އެ ރަށު ކައުންސިލްގެ ޑަބްލިއުޑީސީން ހުސްވެފައިވާ މެމްބަރުގެ މަޤާމަށް ކުރިމަތިލާފައިވަނީ އަލްއުސްތާޒާ މަރްޔަމް ރަޝީދާ (ކިބިމާގެ، ގއ. ވިލިނގިލި) އާއި ޝަހުމާ މުޙުސިން (ވަސްމީރުމާއާގެ، ގއ. ވިލިނގިލި) އެވެ. އޭގެ ތެރެއިން މަރްޔަމް ރަޝީދާ ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. އަދި ޝަހުމާ މުޙުސިން ކުރިމަތިލެއްވީ އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައެވެ

މިއަދު އެ ދެ ކެންޑިޑޭޓުން ދެމެދުގައި ފޯމް ހުށައެޅުއްވި ތަރުތީބުން ގުރު ނަގައިފައިވާއިރު މަރިޔަމް ރަޝީދާއަށް ލިބުނީ ކެންޑިޑޭޓް ނަންބަރު 01 ކެވެ. އަދި ޝަހުމާ އަށް ލިބުނީ ކެންޑިޑޭޓް ނަންބަރު 02 ކެވެ. .

ގއ ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމާފައިވަނީ އެ ކޮމެޓީއަށް އިންތިހާބުވި އާއިޝަތު ޖުމާނާ އެކޮމެޓީއިން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ގއ. ވިލިނގިލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2021 އޮކްޓޫބަރ 30 ވާ ހޮނިހިރު ދުވަހު 8:00 އިން 15:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2021 ނޮވެމްބަރު 01 ވާ ހޯމަ ދުވަހުގައެވެ.