English Edition
Dhivehi Edition

ފަސް ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަން އޮކްޓޯބަރު މަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަން(އީސީ) އިން ނިންމައިފިއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ހދ. ނޭކުރެންދޫ އާއި، ނ. ކެނދިކުޅުދޫ އަދި ރ. މަޑުއްވަރީގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާއިރު ޅ. ކުރެންދޫ އާއި ގއ. ވިލިނގިލީގެ ބައި އިލެކްޝަން ބާއްވަނީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެއިން ކޮންމެ ރަށަކުން ވެސް އެއް މެމްބަރަކު ހޮވުމަށް ހަމަޖެހިފައިވާއިރު ނ. މަގޫދޫ އާއި ކ. ހުރާގެ ބައި އިލެކްޝަނަށް ހުޅުވާލުމުން އެ ދެ ރަށުން ކުރިމަތިލީ އެންމެ ކެންޑިޑޭޓަކަށް ވާތީ އިންތިހާބަކާ ނުލައި ވަނީ ހޮވިފައެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ.