English Edition
Dhivehi Edition

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްކަމަކަށް ގަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

‘ސަން’ އަށް ދިން އިންޓަވިއުއެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ ޕާޓީތެރޭގައި ފެކްޝަންތަކެއްގެ ގޮތުގައި ފެންނަ ފެނުމަކީ ޕާޓީގެ މެމްބަރުން ތާއީދުކުރާ ވިސްނުމުގެ ގޮތުން ފާހަގަވެގެން އަންނަކަމެއް ކަމަށެވެ.

އެމްޑީޕީގެ ކޮންމެ މީހެއްގެ ވިސްނުމަކީ ވެސް ތަފާތު ވިސްނުމަކީވެސް ތަފާތު ވިސްނުމެއްކަން ފާހަގަކުރައްވަމުން މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ޕާޓީގެ މެމްބަރުންގެ މެދުގައި އޮންނަ ހިޔާލު ތަފާތުވުންތަކަކީ ޕާޓީ ދެބައިވާންޖެހޭ ސަބަބެއްނޫންކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްކަމަކަށް ގަބޫލުނުކުރައްވާ ކަމަށާއި އެފަދަ އެއްވެސް މަންޒަރެއްވެސް ޕާޓީ ތެރެއިން ފެނިވަޑައިނުގަންނަވާކަމަށް މެމްބަރު އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

މެމްބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ރައީސް ސޯލިހް އާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންވެސް ވަނީ ދެ ބަޔަކަށް ބެހިފައެވެ.