English Edition
Dhivehi Edition
ފޮޓޯ: އުރީދު މޯލްޑިވްސް

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްގެ ޑިޖިޓަލް ޕާޓްނާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫ ކަސްޓަމާ ސާވިސް ނަންބާގެ ދަށުން ގާއިމްކުރި މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސާ، ހުސެއިން ނިޔާޒް ވިދާޅުވީ މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންގެ ހައްގުތަކަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ ޑިޖިޓަލް ޕާޓްނާ ގެ ގޮތުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ހުސެއިން ނިޔާޒް ވަނީ ދެއްވާފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދިރިއުޅެމުން އަންނަނީ ވަރަށް ހާލުގައިކަން ފާހަގަކުރައްވަމުން ހުސެއިން ނިޔާޒް ވިދާޅުވީ އެމީހުންގެ ދިރިއުޅުން ފާގަތި ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ކުންފުނީގެ ވަރަށް ބޮޑު އުއްމީދެއް އަދި މަގްސަދެއްކަމަށެވެ.

މިޝަން ފޮ މައިގްރަންޓް ވޯކާރސްގެ ކޯ ފައުންޑަރ އަދި ޕްރެޒިޑެންޓް، ޑރ. މިނާހް ފާއިޒް ރަޝާދް ވިދާޅުވީ އުރީދޫ މޯލްޑިވްސް ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ގުޅިވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. ‘ދެފަރާތުގެވެސް ތަސައްވަރާއި، ގަބޫލުކުރާ އުސޫލުތަކާ އެއްގޮތުގެ މަތިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އިތުރު ފާގަތިކަމެއް ހޯދާދިނުމަށް މި ކުރާ މަސައްކަތް މި ޕަރޓްނަރޝިޕާއެކު އިތުރަށް ފުޅާވެ ގިނަ ފަރާތްތަކަކަށް އެހީ ފޯރުކޮށްދެވިގެން ދާނެކަމީ ޔަގީންކަމެއް.” ޑރ.މިނާހް ވިދާޅުވިއެވެ.

މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކަށް ވަކާލާތުކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ރެޖިސްޓާ ކުރެވިފައިވާ ފުރަތަމަ އެންޖީއޯ އެވެ.