English Edition
Dhivehi Edition

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތިނަދޫގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

  • 2021 ސެޕްޓެމްބަރު 10 ވަނަ ދުވަހު ގދ. ތިނަދޫ ގެއެއްގެ ގޯތިތެރޭގައި ބަހައްޓާފައިހުރި ފެން ހޫނުކުރާ ޖަގެއް. އިންސިޑެންޓް ނަންބަރ 497679
  • 2021 ސެޕްޓެމްބަރު 9 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ރަން ތަނޑި. އިންސިޑެންޓް ނަންބަރު 497632
  • 2021 އޮގަސްޓް 3 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް އަތުން ފެނިފައިވާ ދެ ރަން އަނގޮޓި. އިންސިޑެންޓް ނަންބަރު 493916

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792358 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލހުން ވަނީ އެދިފައެވެ.

1 ކޮމެންޓް
ލާމު
ސެޕްޓެމްބަރު 28, 2021
ކޮން ރަށެއްގެ ފޮޓޯއެއްބާ!