English Edition
Dhivehi Edition

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، އައްޑޫ ސިޓީ ގެ ރައީސް ކަމުގެ މަގާމު އަހުމަދު ފައިސަލް ކާމިޔާބު ކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ އިންތިހާބު ބޮޑު ތަފާތަކުން ފައިސަލް ކާމިޔާބު ކުރީ އަބްދުއްﷲ ވަސީމް އާއި ވާދަކޮށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ފައިސަލް މި މަގާމު ކާމިޔާބުކޮށްފައިވާއިރު މި އިންތިހާބުގައި އައްޑޫގެ ގިނަ މަގާމުތައް ކާމިޔާބުކޮށްފައިވަނީ ރައީސް ސޯލިހްގެ ފެކްޝަނުންނެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ވަރަށް ބޮޑަށް ބައިބައިވެފައިވާ މި ދަނޑިވަޅު ބޭއްވިގެން ދިޔަ މި އިންތިހާބަކީ އެ ޕާޓީގެ ގިނަ މެމްބަރުންނަށް ވަރަށް މުހިއްމު އިންތިހާބެކެވެ. މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް އޮތް ތާއިދުވެސް އެގިގެންދާނެކަަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އަދި މިހާތަނަށް ނަތީޖާ އިއުލާންކުރި ފޮށިތަކުން ކުރީގައި އޮތީ ރައީސް ސޯލިހްގެ ފެކްޝަނެވެ،

މި އިންތިހާބުގައި 455 މަގާމަކަށް 700 އަށް ވުރެ ގިނަ ކެންޑިޑޭޓުންވަނީ ވާދަކޮށްފައެވެ.