English Edition
Dhivehi Edition

ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރި އިސްމައިލް ޔާސިފް މިއަދު ކްރިމިނަލް ކޯޓުގައި ވެސް ރައީސް ނަޝީދަށް އިންޒާރު ދީފިއެވެ،

އަބޫޖަހުލަށް ހަދާލި ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަދާނެ ކަމަށް ބުނެ ފޭސްބުކްގައި އިންޒާރު ދިން މައްސަލަ އާއި ގުޅިގެން ޔާސިފް ހައްޔަރުކޮށްފައިވަނީ ރ. މީދޫގައި ހުއްޓައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

އުމުރުން 40 އަހަރުގެ ޔާސިފްގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ކޯޓުގައި ވެސް ރައީސް ނަޝީދު އަވަހާރަކޮށްލަންޖެހޭ ކަމަށް ބުނެ ކޯޓުގައި އަޑުގަދަކޮށްފައެވެ،

މި މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަލީ އާދަމް ވަނީ ޔާސިފްގެ އަމަލުތައް ހުންނެވީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށްކަމަށް ވިދާޅުވެފައެވެ، އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާލުމާއި ގުޅިގެން ޔާސިފް އިތުރު އެއް މަސް ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.