English Edition
Dhivehi Edition
އައްޑުސިޓިއަށް ވިއްސާރަވެ ގެއެއްގެ ތެރެއަށް ފެންވަދެފައި.

މިހާރު އައްޑޫސިޓީއަށްކުރަމުން އަންނަ ވިއްސާރާގައި މަރަދޫގެ ގެއެއްގައި ހުރި ބަނބުކެޔޮ ގަހެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުށްމީހަކު އޭއޯނިއުސްއަށް މަޢުލޫމާތު ދެމުން ބުނީ އެމީހާ މަރަދޫގެ މަގެއްގައި ހިނގާފައި ދަނިކޮށް އޭނާގެ ބޮލަށް ގަސްވެއްޓިގެން ސަލާމަތް ކުރެވުނު އިރު ހޭވެސް ނެތްކަމަށެވެ. ގެއްލުންވީ މަރަދޫގައި ދިރިއުޅެމުން އަންނަ ހިތަދޫގެ ޒުވާން އަންހެނެކެވެ. މި ޒުވާނާ މިހާރުވަނީ އައްޑޫ ހޮސްޕިޓަލައް ގެނައުމުގެ މަގުމަތީގައެވެ.

މިނާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދިނޭނގެއެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވުމާ ގުޅިގެން މިވަގުތު ރާއްޖޭގެ ދެކުނަށް ވަނީ ރީނދޫއެލާޓް ނެރެފައެވެ. އެގޮތުން އައްޑޫސިޓީއަށް ދަނީ މެދުނުކެނޑި ވާރޭ ވެހެމުންނެވެ. ވައިގަދަވެ ދަނޑުބިންތަކާއި ގޭގޭގެ ފަތްކެޔޮ ގަސްތަކަށް ގެއްލުންވެ އަދި ޢާއްމު އުސޫލުން މަގުމަތީ ގައި ފެންބޮޑުވެ ގޭގެއަށް ވެސް ފެނުގެ އަސަރު ކުރަމުން އެބަދެއެވެ.