English Edition
Dhivehi Edition

ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދު އިތުރުވެއްޖެއެވެ.

‘ފުވައްމުލައް ސިޓީ ކައުންސިލް އާމްދަނީ އަދި ޚަރަދުތައް – ޖަނަވަރީ 2021 އިން އޯގަސްޓް 2021’ގެ ފައިނޭޝަލް ރިޕޯޓްގައި ވާ ގޮތުން މިއަހަރުގެ މި މުއްދަތުގެ ތެރޭގައި އެ ކައުންސިލަށް ލިބިފައިވަނީ ޖުމްލަ 26.95 މިލިއަން ރުފިޔާއެވެ. އެއީ އާމްދަނީގެ ގޮތުގައި ލިބުނު 3.27 މިލިއަން ރުފިޔާ އާއި ދައުލަތުން ދޭ އެހީގެ ގޮތުގައި ލިބުނު 23.98 މިލިއަން ރުފިޔާއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 27.40 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ ލިބުނު އާމްދަނީއަށްވުރެ 0.46 ގެ އިތުރުވުމެކެވެ.

http://download.fuvahmulah.gov.mv/files/FCC-Monthly-Financial-Report%20August.pdf

No photo description available.