English Edition
Dhivehi Edition

މިދިޔަ ހުކުރުދުވަހު އައްޑޫ ސިޓީގައި ހިންގި ދެ މާރާމާރީ އާއި ގުޅިގެން ވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީގެ ދެ ދުވަސްކުރިން ހިނގި ފުރަތަމަ މާރާމާރީ ހިނގާފައިވަނީ ހިތަދޫ ފްލެޓް ސަރަހައްދުގައެވެ. ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުނަށް ހުށަހަޅާފައިވަނީ ހުކުރުދުވަހު 12:08 ގައެވެ. މިޙާދިސާ ހިނގާފައިވަނީ ހިތަދޫ ފްލެޓް ނަމްބަރ 9 އެއްގައި ކަމަށް މަންޒަރު ދުށްފަރާތްތަކުން ބުނެފައިވާއިރު މި މާރާމާރީ ގައި އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ.

ހުކުރުދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގި ދެވަނަ މާރާމާރީގައި ސައިކަލުގައި ދިޔަ ދެ މީހަކަށް ހަމަލާދީ، ޒަހަމްކޮށްލައިފައިވާއިރު، މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އެރޭ 08:05 ހާއިރުއެވެ، މައުލޫމާތު ލިބިފައިވާ ގޮތުން ހަމަލާ ދީފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ

މި ދެ މައްސަލަ އާއި ގުޅިގެންވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ހިތަދޫ ފްލެޓް ސަރަހައްދުގައި ކުށްކުރާ މިންވަރު އިތުރުވެފައިވާކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންވެސް އަންނަނީ ކުރަމުންނެވެ.

ޓެގު