English Edition
Dhivehi Edition

މާފުށި ޖަލުގައި ގައިދީއެއްގެ ގަޔަށް ހޫނުފެން ޖަހައިފިއެވެ،

މާފުށި ޖަލުގައި ހިނގި ޒުވާބެއްގެ ތެރެއިން ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއްގެ ގަޔަށް ހޫނުފެން ޖަހާފައިވާކަން ހާމަކޮށް، ކަރެކްޝަންސްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެއީ އެތަނުގައި މަސައްކަތް ކުރަމުން އަންނަ އޮފިސަރުންގެ ބަޔަކު ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މި ހާދިސާއަކީ މީގެ ދެ ތިން ދުވަސްކުރިން ހިނގާފައިވާ ހާދިސާއެއްކަމުގައި އޮފިސަރު ވިދާޅުވެފައިވާއިރު، މިއީ ދެ ގައިދީންގެ ދެމެދުގައި ހިނގި ކަމެއްކަމަށްވެސް މީޑިއާ އޮފިސަރު ވަނީ ވިދާޅުވެފައެވެ.

ހޫނު ފެން ޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އެ ގައިދީއަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިސަރު ވިދާޅުވެފައިވާއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ޓެގު