English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ - ފޮޓޯ: ޕީއެސްއެމް ނިއުސް

އައްޑޫސިޓީގައި އަންހެނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫގައި މިރޭ ހިނގި މާރާމާރީގައި ސައިކަލުގައި ދިޔަ ދެ މީހަކަށް ހަމަލާދީ، ޒަހަމްކޮށްލައިފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 08:05 ހާއިރުކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ހަމަލާ ދީފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

މި ދެ މީހުންނަށް ވެސް އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

އައްޑޫގައި މިއަދު މެންދުރުވެސް މީހަކަށް ހަމަލާދީ މާރާމާރީއެއް ހިނގާފައިވާއިރު، މި މާރާމާރީގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެެވެ..

1 ކޮމެންޓް
ަކުއްލިނުރައްކާ
ސެޕްޓެމްބަރު 18, 2021
މިއީ ވަކި މަގޭމެއްގަ، ވަކި ޕާޓީއެއްގަ ތިބި ބައެއްނަމަ، މިއުޅޭ ޕާޓީ ބައިގަނޑު ހީވާނީ އެހެން ކަމެއްހެން. މުޒާހަރާ ކުރާކަށްވެސް ކަމުދާ ވަރު ކަމެއް ނޫންމީ. ކުއްލި ނުރައްކަލާ ގާތްވެސް ނުކުރާނެ އަދި މިވަރުން. ބޮން ގޮވީމަ އެކަނި އެހެންވާނީ. ދެން، މިކަން ކުރި މީހެއް، ބައެއް ނުވެސް ފެންނާނެ. ފެނުނަސް، ނުވެސް ހިފާނެ. ހިފިޔަސް، 15 ދުވަހުން ދޫކޮއްލާނެ. ދެން ނިކުމެ އަނެކަކު މަރަންވީ. ކޮބާ ވެރިން؟ ފުލައިޓް ތަކަށް އަރައިގެން، އެގައުމުން، މިގައުމުން ދުއްވަނީދޯ. ކޮބާ އެމް.ޑީ.ޕީ؟ ޕީޕީއެމް؟ ބަހެއް ކިޔާލާނެ މީހެއްވެސް ނުވޭދޯ. ސަޅި.