English Edition
Dhivehi Edition
ސީއެއްސީގެ ރައީސް ޑރ. އަލީ ޝަމީމް - ފޮޓޯ: ސިވިލް ސަރވިސް ކޮމިޝަން

މުސާރަ ބޮޑު ނުކުރާތީ އަންނަ އާދީއްތަ ދުވަހު އިހުތިޖާޖު ކުރުމުގެ ގޮތުން ސިވިލް ސަރވަންޓުން އޮފީހަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށް ސިވިލް ސާރވަންޓް އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވަންޓުންނަށް މަސައްކަތާއި އެކަށީގެންވާ މުސާރައެއް ނުދޭތީ އަންނަ އާދީއްތަ ދުވަހު އިހުތިޖާޖު ކުރާނެ ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލާނެކަމަށް ސިވިލް ސާރވަންޓް އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވަންޓުންގެ ޑިމާންޑްތަކުގެ ތެރޭގައި މިނިމަމް ވޭޖް ވީހާވެސް އަވަހަށް ކަނޑައެޅުމާއި ސިޔާސީ މަޤާމުތަކުގައި ތިބޭ މުވައްޒަފުންނަށް އަދި ޖުޑީޝަރީ މުވައްޒަފުންނަށް ލިވިންގ އެލަވަންސް ލިބޭ ފަދައިން ސިވިލް ސަރވަންޓުންނަށް ވެސް ލިވިންގ އެލަވަންސް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި ފައިސާގެ މަސައްކަތްކުރާ ނަމަ ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު ރިސްކް އެލަވަންސް ލިބޭ ގޮތް ހަމަޖެއްސުމާއި ހުރިހާ މަޤާމުތަކަށް ސެޓްފިކެޓް ކުރިއެރުން ލިބޭގޮތަށް ހަމަޖެއްސުމަށް ވެސް ސިވިލް ސަރވަންޓުން ވަނީ ޑިމާންޑް ކޮށްފައެވެ.

މީގެއިތުރުން ވަކި ޚާއްޞަ އޮނިގަނޑެއްގައި ނުހިމެނޭ އެސް.އެސް 1 އިން އެމް.އެސް 1 އާއި ދޭތެރޭ މަޤާމުތަކަށް މުސާރަ ބޮޑުކުރުން، ކޮންމެ އަހަރެއްގައި ވެސް ބޯނަސް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުން، 2 އަހަރުން 85 އިންސައްތަ އިން މަތިން އެޕްރައިޒަލް މާކްސް ލިބޭ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ދިނުން އަދި މުވައްޒަފުންގެ އިތުރުގަޑި އެލަވަންސް ލިމިޓް ނުކުރުން ވެސް ސިވިލް ސަރވަންޓުންގެ ޑިމާންޑްތަކުގެ ތެރޭގައި ހިމެނެއެވެ.

އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. ނަމަވެސް މިހާތަނަށް މި ވައުދުތައް ފުއްދިފައި ނުވާތީ ސިވިލް ސަރވަންޓުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދިވެހިރާއްޖޭގައި މިވަގުތު 26،668 ސިވިލް ސަރވަންޓުން މަސައްކަތްކުރަމުން ގެންދެއެވެ.

3 ކޮމެންޓް
ރޯ ނުބައި
ސެޕްޓެމްބަރު 19, 2021
ކީއްވެ ތޯ ޝަމީމު? އެއީ ނުވެސް ގުޅޭ މީހެއް ނުން
ރައްޔިތުންގެ އަޑު
ސެޕްޓެމްބަރު 19, 2021
ދެން ފެނަކަ މީހުންވެސް މުޒާހަރާއަށް ނުކުމޭ.
ŗāyyįţђų. addu
ސެޕްޓެމްބަރު 18, 2021
ŗāājjęygāį māşāђķāђ ķųŗāŋęę ęķāŋį çįvįl şęŗvāŋţųŋŋęђ ŋooŋ. govęŗŋmęŋţ ķųŋƒųŋęęgā bāęђު ţђāŋţђāŋųgę mųşāāŗā vāŗāђ ķųdā. ƒęŋāķā jŋ dђęy bāşįç şālāŗy āķy 3000ŗƒ. jāmāā vāŋęę gįŋāvęgęŋ 6500ŗƒ. įţђųŗų gādį ђųŋāŋęę mųşāāŗāįgę 50%. mųvāzzāƒųŋ bųŋāāђāā gadiaku woŗķ ķųŗįyāş m 50% āђ vųŗę gįŋāįŋ ŋųdђęy. āçç oƒƒįçęŗ, ādmįŋ oƒƒįçęŗ, çş oƒƒįçęŗ, ţęçђŋįçįāŋ, şųppoŗţ şţāƒƒ, bāşįç şālāŗy şāmę. ķobā mįvāāђāķāţђāђ dђāķķāŋ ţђįbį męęђųŋ. lāboŗ ŗęlāţįoŋş āųţђoŗįţy gę gāāŋoŋāā vęş ķђįlāāƒų ķāmęђ. māşāђāķ ķųŗųvāŋ jęђęyŋęę ųjooŗā dђęęgęŋ. ęķām ķįŗęvęyţђā. ęţђāāgę ųlђęy męęђųŋ įђųţђįjāj ķųŗęęmā jęђįgęŋ āŋŋā dђųvāђų lįbęŋęę ţęŗmįŋāţįoŋ lęţţęŗ.