English Edition
Dhivehi Edition

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އަޕާ ސައުތް ޕޮލިސް ޑިވިޜަންގައި ހިމެނޭ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން އޭ.އޯ ނިއުސް އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން ބަލަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކީ ނީ ގދ. ތިނަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން އަންނަނީ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.