English Edition
Dhivehi Edition

އައްޑޫސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ އައްޑޫސިޓީގެ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު 12:08 ގައި ލިބިފައިވާ ކަމަށެވެ.

 

“މި މާރާމާރީ ގައި އަނިޔާވެފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކަށް. އެމީހާ އަށް ހޮސްޕިޓަލް ގައި ދަނީ ފަރުވާ ދެމުން” ފުލުހުން ވިދާޅުވެއެވެ.

މިޙާދިސާ ހިނގާފައިވަނީ ހިތަދޫ ފްލެޓް ނަމްބަރ 9 އެއްގައި ކަމަށް މަންޒަރު ދުށްފަރާތްތަކުން ހާމަކުރެއެވެ. ދައުރު ވަމުންދާ ބައެއް ފޮޓޯތަކުންއެތަނުގައި ލޭގެ ކޯރު ހެދިފައިވާ މަންޒަރު ފެންނައިރު 2 މީހަކު ވެއްޓިފައި އޮއްވާ ފެނެއެވެ.

ދެ ޒުވާނުންނަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ ގްރޫޕަކުން ނޫން ކަމަށާއި އެންމެ މީހަކު ވެގެން ކަމަށް މަންޒަރު ދުށް ފަރާތުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަޙްގީގު ކުރަމުން އަންނަ ކަމަށެވެ.