English Edition
Dhivehi Edition

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް އައްޑޫ ސިޓީ ހުޅުދޫ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ހޯދަމުންދަނީ ސ. ހުޅުދޫ، ރެޑިއަމް، ޙުސައިން ޢަފީފް (47އ)ވެ.

ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށެވެ.

ފުލުހުން ވަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 2021 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

 

ޓެގު