English Edition
Dhivehi Edition

އައްޑޫސިޓީގައި 16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތު ކުރި ފުލުސް މީހާ ހައްޔަރު ކޮށްފިއެވެ.

އައްޑޫސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަކު އަޙްމަދު ސައީދު ވަނީ އޭނާ ހައްޔަރު ކުރިކަން “އޭއޯ ނިއުސް” އަށް ކަށަވަރު ކޮށް ދެއްވާފައެވެ.

ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ މި މައްސަލައާއި ގުޅިގެން އޭނާ ހައްޔަރުކޮށްފައި ނުވާތީ މިއަދު ރައްޔިތުން ނިކުމެ ކުރި މުޒާހަރާގެ ތެރެއިންނެވެ.

މިއަދު ހަވީރު “ހައްޔަރުކުރޭ” ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މުޒާހަރާ އެސިޓީގެ ސިޓީ ސްކޮއާ ކައިރިން ފަށާފައިވާއިރު، މުޒާހަރާގެ ބައިވެރިން ވަނީ ހިތަދޫގައި ހުންނަ ފުލުހުންގެ އިދާރާގެ ބައެއް ފުލުހުންނާއި ބައްދަލުކޮށް އެކަމުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މީހާ ހައްޔަރު ކުރުމަށް ގޮވާލާފައެވެ.

އެސިޓީގެ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވުމަށްފަހު، މިހާރު މުޒާހަރާގެ ބައިވެރިން ވަނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަުތު ކުރެވޭ ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށްވެސް އެއްވެފައެވެ. އަދި ފުލުސް މީހާ ހައްޔަރު ކޮށްގެން ގެންދާއިރު، ބިޑި އަޅުވައިގެން ގެންދަން އެސަރަހައްދަށް އެއްވެގެން ތިބި އާއްމުން ވަނީ ޝަރުތުކޮށްފައެވެ.

ނަމަވެސް ފުލުހުން ތުހުމަތު ކުރެވޭ މީހާއަށް ހިމާޔަތް ދީގެން ގެންގޮސްފައިވަނީ މޫނު ނިވާ ނުކޮށް އަދި އާއްމުން ޝަރުތު ކުރި ގޮތަށް ބިޑި ވެސް ނާޅުވާ ކަމަށް އެ ސަރަހައްދުގައި ހުރި ރިޕޯޓަރު މައުލޫމާތު ދެއެވެ.

މި މުޒާހަރާގެ ތެރެއިން ހިނގި ހަމަ ނުޖެހުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އާއްމުންގެ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި ބައެއް ފުލުހުންނަށް ވެސް ވަނީ އަނިޔާ ވެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލާގައި ތުހުމަތު ކުރެވިފައިވަނީ ހިތަދޫ ފުލުހުންގެ އިދާރާގެ ފޮރެންސިކް ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހަކަށެވެ.

3 ކޮމެންޓް
ގުރު
ސެޕްޓެމްބަރު 30, 2021
16 އަހަރުވީމަ އެއީ ކުޑަކުއްޖެއްތަައް
ފިނޑިފުލުސް
ސެޕްޓެމްބަރު 16, 2021
ކުދިންފަޅާ ނަޒުމީން.
އަބުދު
ސެޕްޓެމްބަރު 16, 2021
ހައްޔަރު ކުރަންވީގޮތް އެނގެނީ އާއްމުނަށްތަ.