English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން “ބައްތިރީސް” ނަމުގައި 32 އިންޗި ޓީވީ، ހާއްސަ އަގުތަކެއްގައި ވިއްކާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓިއޯ އިން ބުނީ މި ޕްރޮމޯޝަނަކީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 32 އިންޗީގެ ހިޓާޗީ ޓީވީ ވިއްކާ ހާއްސަ ޕްރޮމޯޝަނެއްކަމަށެވެ.

މި ޕްރޮމޯޝަނުގައި 32 އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީއެއް 2999 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު މި ޓީވީއަކީ އަޑު ސާފު، ކުލަތައް ރީތި ޓީވީއެއްކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ވިއްކާ 32 އިންޗީގެ ޓީވީ އަކީ ނެޓްފްލިކްސްއާއި ޔޫޓިއުބް ފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް ބޭނުންކޮށްލެވޭ އެޗްޑީ ޓީވީއެކެވެ.

ޓެގު