English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ރަކޯލްބް ލީގަލް

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ވަނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ އައްޑު އާއި ފުވައްމުލަކެވެ.

މިމައްސަލަ ފުލުހުން ތަހްގީގު ކުރަމުން އަންނަކަމަށް ބުނެފައިވާއިރު މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން 16 އަހަރުގެ އަންހެންކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ފުލުހެކެވެ. އަދި އޭނާ ޖިންސީ ގޯނާކޮށްފައިވަނީ، އެ ފުލުސް މީހާގެ އަނބިމީހާގެ ދައްތަގެ ދަރިއަކަށެވެ. އެކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން ފުލުސް މީހާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.