English Edition
Dhivehi Edition

ގދ. ތިނަދޫ ފަޅުކޮށްލަން މީގެ 59 އަހަރުކުރިން ހިންގި ލާއިންސާނީ އަމަލުތަކުގެ ބަދަލު ހޯދަން، އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭރުގެ ސަރުކާރާއި ބޮޑު ވަޒީރު ކަމުގައި ހުންނެވި އިބްރާހިމް ނާސިރު ތިނަދޫ ރައްޔިތުންނަށްދީފައިވާ ގެއްލުމުގެ ބަދަލު ހޯދައި ރައްޔިތުންނަށް ހައްގު ހޯދައިދިނުމަށް އެދި މި މައްސަލަ ހުށަހަޅާފައިވަނީ ތިނަދޫ ކައުންސިލުންނެވެ.
ތިނަދޫ ކައުންސިލުން ބުނީ އެ ރަށުގެ ރައްޔިތުންނަކީ އޭރު ދައުލަތް ހިންގަން ފައިސާ ދިން ބައެއްކަމަށާއި ބޭނުން ޖެހުނީމާ ދައުލަތަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މި މައްސަލައިގައި މި އަނިޔާވެރިއަމަލުގައި ބައިވެރިވި ހުރިހާ އެންމެންގެ މުދަލުން 50 އިންސައްތަ ތިނަދޫ ރައްޔިތުންނަށް ނަގައިދޭން ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ތިނަދޫ ކައުންސިލުން ވަނީ ބަދަލެއްގެ ގޮތުން ދައުލަތަށް ނަގާފައިވާ އިބްރާހިމް ނާސިރުގެ ގެކޮޅު، ވެލާނާގޭގެ ނަން “ތެނަދޫ ވެލާނާގެ” އަށް ބަދަލުކުރަން ހުށަހަޅާފައެވެ.