English Edition
Dhivehi Edition
ފޮޓޯ: ޕިލިސް މީޑިއާ

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ 33 ވަނަ ބުރު ފަށައިފިއެވެ.

ޕޮލިސް އެކަޑަމީ އިން އަލަށް ފަރުމާކޮށްގެން ހިންގާ މި ޓްރެއިނިން ފަށާފައިވަނީ ސެޕްޓަމްބަރު 12 ވަނަ ދުވަހުއެވެ. މި ކޯހުގައި އަންހެން 20 ފުލުހުންނާއި ފިރިހެން 70 ފުލުހުންނާއެކު ޖުމްލަ 90 ފުލުހުން ބައިވެރިވެ ވަޑައިގަތެވެ.

ކޯސް ފެށުމުގެ ގޮތުން ދ. ވަނީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާންއެވެ.

މިރަސްމިއްޔާތުގައި ޕޮލިސް އެކަޑަމީގެ އެކްޓިންގ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމާއި ޕޮލިސް ޓްރެއިނިންގ ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ އަރީފާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ކޯހުގައި ކިޔަވައިދެއްވާ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަޙްމަދު ޢަބްދުއްރަޙުމާން ވިދާޅުވީ ފުލުހުންގެ ސްޓްރެޓީޖިކް ޕްރައޯރިޓީސްތަކުގެ ތެރެއިން ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގެ ގޮތުގައި ފަރުމާކުރެވިފައިވާއިރު، މިކޯހުން ދަސްވެނިވާ ދަރިވަރުންނަކީ ރައްޔިތުންގެ އިންސާނީ ކަރާމާތަށް އަހުލުވެރި ދަރިވަރުންތަކަކަށް ހެދުން ކަމަށެވެ. އަދި ޕޮލިސް އިނީޝިއަލް ކޯހަށް ގެނެސްފައިވާ ބަދަލުގެ ތެރެއިން ތަމްރީނުތައް ފުރިހަމަ ކުރެވި ހުރިހާ ފުލުހުން ފާސްވެގެން ދިޔުމަކީ ކުރެވޭ އުންމީދެއް ކަމެއް ޢަޙްމަދު ޢަބްދުއްރަޙުމާން ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި ކޯހަކީ ހަތަރު މަސް ދުވަހަށް ކެމްޕަސް މޮޑިއުލްތައް އަދި ޕްރޮބޭޝަން 8 މަސް ދުވަހާއެކު ޖުމްލަ އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެއްކަމަށެވެ.