English Edition
Dhivehi Edition

އެމް-ފައިސާ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އުރީދޫއިން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ އޯގަސްޓް މަހުގެ ނަސީބުވެރިއަކަށް އައްޑޫ ސިޓީ މަރަދޫ ބަދުރުއްދީން ނާސިރު ހޮވިއްޖެއެވެ،

އުރިދޫ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ނަސީބުވެރިއަކަށް ހޮވުނު ފަރާތްތަކަށް 10،000 ރުފިޔާގެ ވައުޗާރ ހަވާލުކޮށްފައިވާއިރު އުރިދޫ އިން ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތުވެސް އުރީދޫ އެމް-ފައިސާ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް އެބައޮތްކަމަށެވެ.

އުރީދޫ އެމް-ފައިސާ އަކީ ފައިސާ ފޮނުވުމާއި ފައިސާ ލިބިގަތުމާއި އާންމު ދިރިއުޅުމުގައި ކުރަންޖެހޭ އެކި އެކި މާލީ މުއާމަލާތްތައް ކުރެވޭނޭ ހެން ތައްޔާރުކޮށްފައިވާ، ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދެއެވެ. މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލުތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތައް ހިމެނެއެވެ.

މީގެ އިތުރުން އުރީދޫގެ އެމް ފައިސާ މެދުވެރިކޮށް ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް ޑޮނޭޓްވެސް ކޮށްލެވެއެވެ. އެގޮތުން ކެންސަރ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވައްޗަށް އުރީދޫ އެމް ފައިސާ މެދުވެރިކޮށް ޑޮނޭޓްކޮށްލެވޭނެއެވެ.

އުރީދޫގެ އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތްތަކެއް ތައާރަފް ކުރުމެވެ.

ޓެގު