English Edition
Dhivehi Edition

ލޯކައިރި ކަޅުވާ ސަބަބުތަކަށް ބަލާއިރު ރަނގަޅަށް ނިދި ނުލިބުމާއި، އަރާމެއްނެތި ގިނައިރު މަސްއްކަތުގައި ހޭދަކުރުން ހިމެނެއެވެ. މީގެއިތުރަށް ހަށިގަނޑުގައިވާ ޖީންތައްވެސް މިކަމުގައި ވަރަށް ބޮޑުރޯލެއް ކުޅެއެވެ. ސައިންސްވެރިން ބުނާގޮތުގައި ލޯކައިރީގައި ހުންނަނީ މުޅިހަށިގަނޑުގެ އެންމެ ތުނި ހަމެވެ. މުޅިހަށިގަނޑުގެ ހަމުގެ ބޯމިން އެވްރެޖްކޮށް ފަސް މިލިމީޓަރ ހުންނައިރު ލޯކަރީގައި ހުންނަނީ 0.5 މިލިމީޓަރެވެ. އެހެންކަމުން ލޯކައިރީގައި ހުންނަ ލޭނާރުތައް ބޮޑަށް ފާޅުވުމުން ލޯކައިރީގެ އާންމު ކުލަޔަށްވުރެން ކަޅުކަމަށް ދައްކައެވެ. ތިރީގައި މިވަނީ ލޯކައިރި ކަޅުވެއްޖެނަމަ އެކަމަށް ދެވިދާނެ ފަރުވާތަކެވެ.

އަލްމަންޑް ތެޔޮ

މިތެލަކީ ހަންގަނޑު އަލިކޮށްދޭ ވިޓަމިނުގެ ގިނަގުނަ ބާވަތްތައް އެކުލެވޭތެލެކެވެ. އަލްމަންޑް އޮއިލް އާއި ވިޓަމިން-“އީ” އޮއިލް އެއްކޮށްލާށެވެ. އެއަށްފަހު ލޯކައިރި ކަޅުވެފައިވާ ހިސާބުގައި ރޭގަނޑު ނިދުމުގެ ކުރީން އުނގުޅުމަށްފަހު ހެނދުނު ދޮވެލާށެވެ. ލޯކައިރި ރަނގަޅު ވަންދެން ކޮންމެ ދުވަހަކު މިފަރުވާ ކުރެވިދާނެއެވެ.

ކިއުކަމްބާ

ސްޕާތަކުގައި ކިއުކަމްބާ ފޮއްޗެއް ބާއްވާފައި އޮންނަ މަންޒަރު މަޝްހޫރުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މިކަމުގެ ސިއްރަކީވެސް ކިއުކަމްބާގައި އެކުލެވޭ ހަންގަޑުއަލިކޮށް ދިނުމުގެ ބައިގެ އިތުރަށް ހަމުގެ ސެލްތަކަށް އެއިން ލިބޭފައިދާއެވެ. ކިއުކަމްބާ ތުނިކޮށް ފޮތިކޮށްލުމަށްފަހު ލޯމަތީގައި ބާއްވާލައިގެން ތިރީސް މިނިޓުވަންދެން އޮށޯވެލާށެވެ. މިއީ ކޮންމެ ދުވަހަކު ދެފަހަރު ހަފްތާއެއް ވަންދެން ބޭނުން ކޮށްލުމުން ރަނގަޅު ނަތީޖާ ފެންނާނެ ފަރުވާއެކެވެ.

އަލުވި

އަލުވީގައި ހިމެނޭ ގުދުރަތީ ބްލީޗިން މާއްދާތަކުގެ ސަބަބުން އަލުވި ބޭނުން ކޮށްގެން ލޯކައިރި ކަޅުވުމުން ދުރުކުރުމަށް އެހީވެދެއެވެ. ފިނިކޮށްފައިވާ އަލުވި ގާނައި އޭގެ ދިޔަ ނަގާށެވެ. ކަފަކޮޅެއް މިދިޔައިގެ ތެރެއަށް ލުމަށްފަހު ލޯކައިރީގައި ކަޅުވެފައިވާ ހަމުގައި އުނގުޅާށެވެ. އަދި 15 ނުވަތަ 20 މިނެޓް ވަންދެން ބަހައްޓާށެވެ. މި ފަރުވާ ދުވާލަކު 2 ފަހަރު ބޭނުންކުރުމުން ދެހަފްތާއެއްހާ ދުވަހުން ރަނގަޅު ނަތީޖާ ފެންނާނެއެވެ.

ރޯސް ވޯޓަރ

ރޯސް ވޯޓަރ އަކީވެސް ހަމުގެ ވަރަށްގިނަ ކަންކަމުގައި ބޭނުންކުރާ އެއްޗެކެވެ. މިގޮތުން ލޯދުޅަވުން ކަހަލަ ކަންކަމުގައި އަދި ލޮލުގެ އެހެނިހެން ފަރުވާއަށް ބޭނުން ކުރެވޭއެއްޗެކެވެ. ކުޑަކަފަކޮޅެއް ރޯސް ވޯޓަރ އިން ތެންމާލުމަށްފަހު ލޯމަރާލާފައި ލޯމަތީގައި ފަނަރަ މިނިޓް ވަންދެން ބާއްވާލާށެވެ. މި ފަރުވާ ދުވާލަކު 2 ފަހަރު ބޭނުންކުރުމުން ދެހަފްތާއެއްހާ ދުވަހުން ރަނގަޅު ނަތީޖާ ފެންނާނެއެވެ.