English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އިންތިޒާމު ކޮށްގެން މާހުގެ، އަބްދުލްމަންނާނުގެ ހަނދާނުގައި ބޭއްވި ޤުރުއާން މުބާރާތް 1443 ގެ 1 ވަނަ އާމިނަތު އައިނީ އަޙްމަދު ހޯދައިފިއެވެ.

ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ އައިނީ މި މުބާރާތުގައި ބައިވެރިވެފައިވަނީ 16 އަހަރުން ދަށުގެ ޢުމުރު ފުރައިންނެވެ. މުބާރާތުގެ ފަޚުްރުވެރި 1 ވަނަ އާއެކު އައިނީ އަށް ވަނީ ޢުމްރާ ދަތުރެއްގެ އިނާމް ވެސް ލިބިފައެވެ.

މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ ހާފިޒް އަޙްމަދު ސްކޫލްގެ މުޙައްމަދު އިލާން އިނާޒްއެވެ. އަދި 3 ވަނަ ހޯދާފައިވަނީ ވެސް ހަމަ މި ސްކޫލްގެ މަރިޔަމް އީމާ މުޙައްމަދެވެ. މުޅި މުބާރާތުގެ ވަނަ ތަކަށް އިނާމު ހަވާލު ކޮށްދެއްވެވީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަން ދެންް ޚިދުމަތްތަކެއް ކުރައްވަވާފައިވާ ފުވައްމުލަކު ރޯޒްމީޑް މުޙައްމަދު އަޙްމަދު ދީދީއެވެ.

މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަސްވަނަ ދުވަހަށް ޒިކުރާ ކޮލެޖްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮއްޕާއި ނުބަލާ ކިޔުމުގެ ގޮފީގައި ޖުމްލަ 177 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަށް އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި 6 އަހަރުން ދަށް، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 18 އަހަރުން މަތީގެ އުމުރު ފުރާގައި ދަރިވަރުން ވަނީ ކިޔަވާފައެވެ.

މި މުބާރާތުގައި މުއައްސަސާ ތަކުގެ ތެރެއިން އެއްވަަނަ ހާސިލް ކޮށްފައިވަނީ ހާފިޒް އަޙްމަދު ސްކޫލެވެ. އަދި 2 ވަނަ އަށް ނޫރުއް ތަންޒީލް ހޮވިފައިވާ އިރު 3 ވަނަ އަށް ހޮވިފައިވަނީ ފުވައްމުލަކު ސްކޫލެވެ.

ފުވައްމުލައް ސިޓީގެ ކުދިންގެ ހިތުގައި ދީނީ ލޯބި އާލާކުރުމާއި ދީނީ ކަންކަން ކުރިއެރުވުމުގެ އިތުރުން ކުދިންގެ ހިތުގައި ޤުރުޢާނަށް ލޯބި ޖެއްސުމާއި އަދި ޤުރުއާން ކުރިއަރުވައި އާލާކުރުމުގެ މަގުޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ދޫނި ގަމު އަލްހާފިޒް އަލްމަރްހޫމް އެދުރުގެ އަހްމަދު ބޭބެގެ ހަނދާނުގައި ބާއްވާ މުބާރާތެއްކަމަށް ޒިކުރާ އިން ބުނެއެވެ.

މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ ހޯދި އާމިނަތު އައިނީ އަޙްމަދު އަކީ އޭއޯ ނިއުސް އިން ކުރިއަށް ގެންދިޔަ 5 ވަނަ މަދަޙަ މުބާރާތުގެ ވެސް އެންމެ މޮޅު ދަރިވަރެވެ. އަދި މި ވަނަ އާއެކު އައިނީ އަށް ޗައިނާ ވިންޓަރ ކޭމްޕް ޓުއަރ އެއްގެ އިނާމު ލިބިފައިވާއިރު މީގެ ކުރިން ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި މަދަޙަ މުބާރާތުގެ 1 ވަނަ އާއި އެކު ލިބުނު ޢުމްރާ ދަތުރުގެ އިނާމުގައި އައިނީ ވަނީ އެއްފަހަރު ޢުމްރާ އަށް ގޮސްފައެވެ.