English Edition
Dhivehi Edition

ގއ ވިލިނގިލި އިންޓަރ އޮފީސް ބަށި މުބާރާތް ފަށައިފިއެވެ

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލިނގިލި ކޮމިއުނިޓީ ސެންޓަރުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަޒްމާ ހިލްމީ ވިދާޅުވީ، އިންޓަރ އޮފީސް ބަށި މުބާރާތަކީ އެރަށުގައި ބާއްވާ ފުރަތަމަ މުބާރާތް ކަމަށާއި މި މުބާރާތަށް ލިބުނު ތަރުހީބުން ފެނިގެންދިޔެއީ އަންހެނުން ކުޅިވަރު ކުޅުމަށް ހުރި ޝައުގުވެރިކަންކަމެވެ. އަދި ކޮންމެ އަހަރެއްގެވެސް އޮފީސްތަކަށް އަމާޒުކޮށް މި މުބާރާތް ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޝަޒުމާ ވަނީ ދީފައެވެ. .

މި ވާދަވެރި މުބާރާތް ފަށައިފައިވަނީ ގައުމީ ސަލާމުންނެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގއ. އަތޮޅު ހޮސްޕިޓަލުގެ ޓީމާއި ވިލިނގިލީ ކައުންސިލްގެ ޓީމެވެ. ޖޯޝާއި ފޯރިއާއި ވާދަވެރިކަން ފެނިގެންދިޔަ މި މެޗު، 13 ލަނޑު 2 ލަނޑުން ކާމިޔަބުކުރީ ކައުންސިލްގެ ޓީމުންނެވެ.

މި މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަކުރެއެވެ. ދެ ގްރޫޕަކަށް ބާހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މި މިބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ

މިގޮތުން މާދަމާ ކުޅެން ހަމަޖެހިފައިވަނީ ގއ އަތޮޅު ކައުންސިލާއި އަންހެނުންގެ ކޮމިޓީއެވެ.

މި މުބާރާތުގައި ބައިވެރިވާ އޮފީސްތަކުގެ ތެރޭގައި:

ވިލިނގިލި ކައުންސިލް

ގއ. އަތޮޅު ހޮސްޕިޓަލް

ފެނަކަ ވިލިނގިލި

ގއ. އަތޮޅު ތައުލީމީ މަރުކަޒު

ގއ. އަތޮޅު ކައުންސިލް

އެސްޓީއޯ ވިލިނގިލި

އަންހެނުންގެ ކޮމިޓީ

މި މުބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 16 ވާ ބުރާސްފަތި ދުވަހުއެވެ. އަދި ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރ 18 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ