English Edition
Dhivehi Edition

ޑައިރެކްޓަރު ކުނާލް ދޭޝްމުކްގެ އާ ފިލްމު “ޝިއްދަތު” އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ޕްރީމިއާކުރަން ނިންމައިފިއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ މި ފިލްމުގެ މޯޝަން ޕޯސްޓަރުތަކެއްވެސް ދައްކާލާފައިވާއިރު ފިލްމުގައި ފެނިގެންދާނީ ސަނީ ކޯޝަލް އާއި ރާދިކާ މަދަން އާއި ޑަޔާނާ ޕެންޓީގެ އިތުރުން މޯހިތު ރައިނާ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ރިލީޒްކުރުމަށް ނިންމި މި ފިލްމު ކޮވިޑް19 ގެ ސަބަބުން ފަސްކޮށްފައިވާއިރު، ފިލްމު ދައްކާނެ ދުވަހަކަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

މި ފިލްމުގެ ޓްރެއިލާ މި މަހުގެ 13 ގައި އާންމުކުރުމަށް ނިންމާފައިވާއިރު މި ފިލްމަކީ “މިމީ” އާއި “ރޫހީ” ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކްސް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން އުފައްދާފައިވާ ލޯބީގެ ފިލްމެކެވެ.

“ޖަންނަތު” އާއި “ތުމް މިލޭ” ފަދަ މަޝްހޫރު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ކުނާލް ދޭޝްމުކްގެ މި ފިލްމުވެސް ގިނަ ބަޔަކަށް ކަމުދާނެކަމަށް ބެލެވެއެވެ.

ޓެގު