English Edition
Dhivehi Edition

ފޯނުން ގުޅައި މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ނާފިޢު ސަލީމް (50އ، މ. ކުދިމާވިލާއެވެ.

ފުލުހުން ބުނީ ހޯދަމުންދާ މީހާއަކީ ފޯނުން ގުޅައި މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ފުލުހުންކުރި އިއުލާނުގައި ބުނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، 15 ސެޕްޓެމްބަރު 2021 ގެ ކުރިން ހާޒިރުވުމަށް އަންގާފައެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792265 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.