English Edition
Dhivehi Edition

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ލިބޭ ބާރާއި އިޙްތިޔާރުގެ ބޭނުންހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލާއެކު، އެ ރަށުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވަނީ ކައުންސިލްތަކުން ރަށުގެ ތަރަައްގީ އަށް މަސައްކަތްކޮށްދިނުމަށާއި ސަރުކާރުން ރަށުގެ ތަރައްގީއަށް ހިންގާ ކަންކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ،

މި ބައްދަލުވުމުގައި ރައީސް ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް، މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި އެފަދަ ޚިދުމަތްތަކާއި ޕްރޮޖެކްޓްތައް ކައުންސިލުގެ ބެލުމުގެ ދަށުން ކުރިޔަށްގެންދިއުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މި ބައްދަލުވުމުގައިވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންގެ އެލަވަންސް ބޮޑުކުރައްވަން ސަރުކާރުން ނިންމަވާފައިވާ ނިންމެވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކައުންސިލުން އެ ކޮމެޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އެދިވަޑައިގަތެވެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަށާއި މާޅޮސްމަޑުލު އުތުރުބުރީގެ 5 ރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.