English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

އެކައުންޓްގެ ވެރި ފަރާތަށް ނޭނގި، އެ އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާ އެހެން އެކައުންޓަކަށް ފޮނުވި މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދާ މީހާގެ ވީޑިއޯ އާންމުކޮށް ބުނީ، ވީޑިއޯއިން ފެންނަ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން 180،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ނަންބަރު 9790048 އަށް ގުޅާ، އެމައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.