English Edition
Dhivehi Edition

ގދ.ތިނަދޫ ފާމަސީއަކީ ރައީސް ޔާމީން ޤާއިމުކުރެއްވި ތަނެއް ކަމުގައިވާތީ އެތަނުގައި ބޭސް ނުބަހައްޓާ ކަމަށް ރައްޔިތުން ތުހުމަތުކޮށްފައިވާ ކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ،

ޝިޔާމް މިހެން ވިދާޅުވީ ރޭ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ‘އައްޑަނަ’ ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ގދ.ތިނަދޫއަށް ވަޑައިގެންނެވިއިރު އެ ރަށުގެ ފާމަސީގައި ބޭސް ނެތުމުން ރައްޔިތުންނާ ސުވާލުކުރެއްވުމުން އެ ފާމަސީއަކީ ރައީސް ޔާމީން ޤާއިމުކުރެއްވި ތަނެއް ކަމުގައިވާތީ އެތަނުގައި ބޭސް ނުބަހައްޓާ ކަމަށް ރައްޔިތުން ތުހުމަތުކޮށްފައިވާކަމަށެވެ، އަދި އެ ރައްޔިތުންނަށް ޖެހުނު ހާލާމެދު ޖަވާބުދާރީވުމަކީ ފަނޑިޔާރުންނަށް ކުރެއްވޭނެ ކަމެއްތޯ ވިދާޅުވެ ޝިޔާމް ވަނީ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ގޮތުން ޝިޔާމްވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ހުކުމްކުރެއްވި ފަނޑިޔާރުންނަށް މިއަދު ރައްޔިތުންނަށް ޖެހިފައިވާ ހާލާމެދު ޖަވާބުދާރީވެވަޑައިގެންނެވޭނެތޯ ސުވާލުކުރައްވާފައެވެ، އަދި ރައީސް ޔާމީނު ޖަލަށް ލުމަށް ހުކުމްކުރެއްވި ފަނޑިޔާރުންނަށް މިއަދު ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތާމެދު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ތިބީ ތިންއިރު ކާނެ ގޮތެއްވެސް ނެތިފައިކަމަށެވެ، އަދި ރައީސް ޔާމީނަށް ކުރެއްވި ހުކުމުގެ އަގު އަދާކުރަންޖެހެނީ ކޮން ބައެއް، ކިހިނެއްކަން އެ ފަނޑިޔާރުންނަށް ވިސްނިވަޑައިނުގަންނަވާތޯ ޝިޔާމުވަނީ ސުވާލުކުރައްވާފައެވެ،