English Edition
Dhivehi Edition

އިއްޔެ އެމްޑީޕީ އޮފީސް ތެރޭގައި އެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަންދީ އަށް ހަމަލާދިނީ އެމްޑީޕީ އޮފީހުގައި ޕިޔޯނެއްގެ ގޮތުގައި މަސައްކަތް ކުރާ އަހްމަދު ޖަޒީލެވެ.

އިއްޔެ މެންދުރު ހިނގި މާރާމާރީގައި ޗޭނުގަނޑަކުން ހަމަލާދިނުމުގެ ސަބަބުން މަންދީގެ ބޯ ފަޅައިގެން ގޮސް، ހޮސްޕިޓަލްގައި ފަރުވާ ވެސް ދީފައިވާއިރު މަންދީ ވަނީ ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާއަށް ބޭނުން ވަނީ ފަރުވާ ކަމަށް ބުނެފައެވެ.

މަންދީއަށް ހަމަލާދިން މައްސަލައާއި ގުޅިގެން ޖަޒީލު ހައްޔަރުކޮށްފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މައްސަލާގައި ތުހުމަތު ކުރެވޭ 39 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.