English Edition
Dhivehi Edition

ފުވައްމުލަކުން ރޭ މާލެ ފުރުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއްް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ މައްސަލައާއި ގުޅިގެން އެސިޓީގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މަައްސަލަ އާއި ގުޅިގެން ފުވައްމުލައް ސިޓީން ޢުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރޭ 20:55 ގައި ފުވައްމުލަކުގެ އެއާޕޯޓުން ފުރުމަށް ހަމަޖެހިފައި އޮތް ފްލައިޓް ހައިޖެކުކުރާނެ ކަމުގެ އިންޒާރު ދީފައިވަނީ އެއާޕޯޓަށް މުދާ ކާގޯ ކުރަންދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލައާއި ގުޅިގެން ފްލައިޓް ފުރުންވެސް ވަނީ 23:30 އަށް ޑިލޭވެފައެވެ.

މި މައްސަލައާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އެ ފްލައިޓުން ފުރުމަށް ބޯޑުކޮށްފައިވާ ފަސިންޖަރުން ޑީ ބޯޑުކޮށް، ކަނޑައެޅިފައިވާ ގަޑިއަށްވުރެ 3 ގަޑި އިރު ފަހުން ޕަސިންޖަރުން އަލުން ބޯޑުކޮށް ފުވައްމުލަކު އެއާޕޯޓުން މާލެއަަށް ފުރާފައެވެ.