English Edition
Dhivehi Edition

ފުވައްމުލަކުން ރޭ މާލެ ފުރުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓެއްް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލަ އެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ 20:50 ގައި މީހަކު އިންޒާރު ދިން މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާ ކަމަށެވެ. މިއީ ރޭ 20:55 ގައި ފުވައްމުލަކުގެ އެއާޕޯޓުން ފުރުމަށް ހަމަޖެހިފައި އޮތް ފްލައިޓެއް ނަމަވެސް މި މައްސަލައާއި ގުޅިގެން ފްލައިޓް ފުރުން ވަނީ 23:30 އަށް ޑިލޭވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓް ހައިޖެކުކުރާނެ ކަމުގެ އިންޒާރު ދީފައިވަނީ އެއާޕޯޓަށް މުދާ ކާގޯ ކުރަންދިއަ މީހެކެވެ. އެމީހާ ވަނީ އޭވިއޭޝަން ސެކިއުރިޓީ ކައިރީގައި، ފުލައިޓް ހައިޖެކް ކުރާނެކަމަށް ބުނެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާއި ގުޅިގެން މޯލްޑިވިއަނުން ވަނީ ޕެސެންޖަރުން ޑީ ބޯޑުކޮށް، އަލުން ބޯޑުކޮށްފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި މައްސަލަ ތަޙުގީގު ކުރަމުން އަންނަ ކަމަށެވެ.