English Edition
Dhivehi Edition

ގއ ވިލިނގިލި ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ވިލިނގިލި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށައިފައިވާއިރު، އެ މަސައްކަތް ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. ދަނޑުގެ ސަބްބޭސް މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީއިންނެވެ..
ޓާފް އެޅުމުގެ މަސައްކަތް ފަށާތާ 2 ހަފްތާ ނުވަތަ މަދުވެގެން 3 ހަފްތާގެ ތެރޭގައި މި މަސައްކަތް ނިމިގެންދާނެ ކަމަށް ކޮންޓްރެކްޓަރު ކައުންސިލަށް އަންގާފައިވާކަމަށް ވިލިނގިލި ކައުންސިލް ރައީސް ވިޝާލް މުޙައްމަދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
.
ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން މި ޕްރޮޖެކްޓަށް މިއަހަރު 345,868.00 ރުފިޔާ ބަޖެޓްކޮށްފައިވާ އިރު މި ޕްރޮޖެކްޓު އެއްކޮށް ނިންމާލުމަށް ޖުމުލަ ހަރުދުވާނެ ކަމަށް ދައުލަތުން ލަފާކޮށްފައިވަނީ 1,112,058.00 ރުފިޔާ އެވެ.

ގއ ވިލިނގިލީގައި ޓާރފް ފުޓްބޯޅަ ދަނޑެއް އެޅުމަށްޓަކައި އަމަލީ މަސައްކަތް ފަށާފައިވަނީ 23 ސެޕްޓެމްބަރު 2019 ގައި އެވެ. އަދި މި މަސައްކަތް ނިމޭނެ ކަމަށް ސަރުކާރުން ލާފާކުރި ތާރީހަކީ އަންނަ މަހުގެ 21 ވަނަ ދުވަހެވެ.