English Edition
Dhivehi Edition
ފޮޓޯ: އީމާން

އައްޑޫ ސިޓީ މީދޫއިން ނެގި ސަވައިލެންސް ސާމްޕަލެއް ޕޮޒިޓިވްވެއްޖެއެވެ.

ހުޅުމީދޫ ސިއްހީމަރުކަޒުގެ މެނޭޖަރ އިބްރާހީމް ޒުބެއިރު ވިދާޅުވީ، މީދޫއިން ނެގި ސަވައިލެންސް ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަމަށާއި އެމީހާގެ ކޮންޓެކްޓް ޓްރާސިންގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އައްޑޫ ސިޓީއިން މިހާތަނަށް 167 މީހަކު ޕޮޒިޓިވްވެފައިވާއިރު، އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މަރަދޫއިން ޕޮޒިޓިވްވި 10 މީހުންނާއި ހިތަދޫ އިން ޕޮޒިޓިވްވި ދެ މީހުންގެ އިތުރުން މަރަދޫފޭދޫ އިން ޕޮޒިޓިވްވި އެކަކާއި ފޭދޫއިން ޕޮޒިޓިވްވި މީހެކެވެ.