English Edition
Dhivehi Edition

އައްޑޫސިޓީން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އައްޑޫ ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 167 ކަށް އަރައިފިއެވެ.

އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މަރަދޫއިން ޕޮޒިޓިވްވި 10 މީހުންނާއި ހިތަދޫ އިން ޕޮޒިޓިވްވި ދެ މީހުންގެ އިތުރުން މަރަދޫފޭދޫ އިން ޕޮޒިޓިވްވި އެކަކާއި ފޭދޫއިން ޕޮޒިޓިވްވި މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު އައްޑޫއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 167 އަކަށް އަރާފައިވާއިރު އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާ މޮނީޓަރިންއަށް ވަނީ ލާފައެވެ.