English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ގާޒީން “ރަހީނުކޮށްގެން” ކޮށްފައިވާ ހުކުމެއްކަމަށް އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވެއްޖެއެވެ.

ފާއިޒު އާއި އޭނާގެ ރަހުމަތްތެރިއަކާ ދެމެދު ދެކެވުނު ވާހަކައެއްގެ އޯޑިއޯ މިހާރު ލީކުވެފައިވާއިރު، މި ފޯނުކޯލުގައި ވާހަކަ ދައްކަމުން ފާއިޒް ވިދާޅުވެފައިވަނީ ރަހީނު ކުރެވޭނެ ބައިވަރު ގޮތްތައް ހުންނާނެ ކަމަށެވެ، ރަހީނު ނުކުރި ނަމަވެސް އޭނާގެ އަނބިމީހާ ނުވަތަ ގާތްމީހަކު ރަހީނުކޮށްގެން ވެސް އަމަލެއް ހިންގިދާނެ ކަމަށް ފާއިޒު ވަނީ ބުނެފައެވެ،

މީގެއިތުރުން ފާއިޒު ވިދާޅުވީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށާއި ނުހައްގުން ހުކުމެއްކޮށް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމުން ޔާމީނަށް އޮތް ތާއީދު އިތުރުވާނެ ކަމަށެވެ. އަދި ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކުރީ އެންމެ ސަބަބެއް އޮވެގެން ނޫން ކަމަށާއި ބައިވަރު ސަބަބުތައް އެކަމުގައި އެބަހުރި ކަމަށް ފާޒއިދު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލް ދެވެން ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.