English Edition
Dhivehi Edition

މިވަގުތު އައްޑޫ ގެ ގުޅިފައިވާ ރަށްތައް މޮނިޓަރިން އަށް ލެވިފައިވުމާ ގުޅިގެން މާދަމާ އައްޑޫސިޓީގެ ސްކޫލްތަކުގެ ގިނަ ގްރޭޑްތަކެއް ގެ ކިޔެވުން ބަންދުކޮށްފިއެވެ.

ސްކޫލްތަކުންވަނީ ގްރޭޑް 9 ން ފެށިގެން ދަށުގެ ހުރިހާ ގްރޭޑް ތަކެއް ބަންދުކަން އިޢުލާން ކޮށްފައެވެ.

އެހެން ގުރޭޑުތަކުގެ ދަރިވަރުންނަށް އޮންލައިން ކުލާސްތައް ކުރިޔަށް ގެންދިއުމަށް ޓައިންޓޭބަލް ހިއްސާކުރެވޭނެކަމަށް ސްކޫލްތަކުން ދަނީ އަންގަމުންނެވެ.

ކޮވިޑްގެ ޙާލަތު އައްޑޫސިޓީގައި ގޯސްވަމުން އަންނަތާ ހަފްތާއަކަށް ވުރެ ގިނަވެފައިވިޔަސް ނިމިގެން ދިޔަ ދުވަސްތަކުގައި ސްކޫލްތައް އެއްކޮށް ބަންދުނުކޮށް ކިޔަވައިދެމުން ގެންގޮސްފައިވެއެވެ.