English Edition
Dhivehi Edition

ކްލަބްހައުސް މެދުވެރިކޮށް މުނިއަވަސް އިން ކުރިއަށް ގެންދާ ލަވައަށް ރިކްއެސްޓްކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ރިލީޒްކުރި، “ގިރިޓީ ލޯބި”ގެ ފުރަތަމަ ލަވަ ‘ދީފާ’ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުގެ ވެބް ސީރީޒް ގިރިޓީ ލޯބީގެ ފުރަތަމަ ލަވަ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ލަވައަކީ ހިންދީ މިއުޒިކްގެ ސްޓައިލާއި ހުޅަނގުގެ މިއުޒިކްގެ ސްޓައިލް މަސްހުނިކޮށްލައިގެން އުފައްދާފައިވާ ލަވައެކެވެ. މި ލަވައިގެ ޅެމާއި މިއުޒިކް ހަދައި، ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ފަތުހުالله އަބްދުލް ފައްތާހު (ފަތޯ) އެވެ.

މި ލަވައިގެ އިތުރުން، އަންނަ ހަފްތާގެ ހޯމަ ދުވަހު މި ސީރީޒްގެ ދެވަނަ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލަން ޑާކްރެއިން އިން ތައްޔާރުވަމުން އަންނަ އިރު ވެބް ސީރީޒް “ގިރިޓީ ލޯބި” އަށްވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

ޢާއިޝަތު ފުއާދު ތަޢުފީޤް އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ މި ސީރީޒް ޑަައިރެކްޓް ކުރަނީ ކުޅަދާނަ ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ގެ ސްކްރީން ޕްލޭއަށް ތައްޔާރުކުރާ މި ސީރީޒްގައި މުޅިން އާ ތަރިންވެސް ފެނިގެން ދާނެކަމަށް ޑާކްރެއިން ވަނީ ބުނެފައެވެ. މިހާރު އަރަމުން އަންނަ ހުނަރުވެރި އެކްޓަރ މުޙައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން މުޙައްމަދު މަނިކު، މުޙައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ވެސް މި ސީރީޒްއިން ފެނިގެންދާނެއެވެ.