English Edition
Dhivehi Edition

ގއ ވިލިނގިލިން އިތުރު 2 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

ވިލިނގިލީ ކޮވިޑް ކޭސްތަކާއި ގުޅިގެން އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވީ، އެރަށުން އިތުރު 2 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. ފައްސިވެފައިވަނީ ކުރިން ފައްސިވި ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓްސް ތަކެވެ.

މިވަގުތު ގއ ވިލިނގިލީ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 5 ކަށް އަރައެވެ. އެއީ މާލެއިން ވިލިނގިއްޔަށް ދަތުރުކުރި 3 މީހަކާއި އެމީހުންނާއި ކޮންޓެކްޓްވެ ފައްސިވި 2 މީހަކެވެ.

ވިލިނގިލިން ކޮވިޑް ކޭސްތަކެއް މި ފެނުނީ، 187 ފައްސި ކޭސްއެއް ފެނި މިބަލީގައި އެކަކު ނިޔާވެ އެރަށް މޮނިޓަރިންގ ހާލަތު އުވައިލައިފައި އަޮންނަތާ 23 ދުވަސް ފަހުންނެވެ. އަދި ވިލިނގިއްޔަކީ 98 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށެއް ކަމަށްވެސް އަސްމާ ވަނީ ފާހަގަކޮށްފައެވެ.