English Edition
Dhivehi Edition

ނިއުޔޯކްގައި ދިރިއުޅޭ ކޭޓް ހަޝިމޫ ނަމަކަށް ކިޔާ އަންހެނަކު ބުނެފައިވަނީ ދިރިއުޅުމުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން އޭނާ ލާންގެންގުޅޭ އަންނައުނު ނުދޮންނަތާ ތިން އަހަރު ވެއްޖެކަމަށެވެ.

ކޭޓް ބުނީ، ނިއުޔޯކް ފަދަ އަގުބޮޑު ސިޓީއެއްގައި ދިރިއުޅުމަކީ ވަރަށް ހަރަދު ބޮޑުވާނެ ކަމެއްކަން އެނގޭތީ އޭނާ ބޭނުންވީ މަހެއްގެ މައްޗަށް 200ޑޮލަރަށް ވުރެ މަތިން ހޭދަނުކޮށް ދިރިއުޅޭށެވެ. އެގޮތުން އޭނާ އެއްގޮތަކަށްވެސް “ލޯންޑްރީ” ނުޖައްސާ ކަމަށް ބުނެއެވެ. ބައެއްފަހަރު ހެދުން ވަރަށް ހަޑި ވުމުން ފެންވަރަމުން ދާގަޑީގައި އެފެނުން ހެދުން ސާފުކޮށްލާ ކަމަށް އޭނާ ބުނެއެވެ.

ހަރަދު ކުޑަކުރުމަށް އެއްގޮތަކަށްވެސް ޓޮއިލެޓް ޕޭޕާ ނުގަންނަ އިރު ފަރުނީޗަރ ނުގަންނަން ވެގެން އޭނާ ނިދަނީވެސް ހޮވާލައިގެން މަގުމަތިން ގެނެސްފައިވާ ދެ، ޔޯގާ މެޓްމަތީގައެވެ. ކޭޓް ބުނީ ގެއަށް ބޭނުންވާ ފަރުނީޗަރ ނުގަންނަން ވެގެން މީހުން އުކާލާފައި ހުންނަ ޑަސްބިންތައް “ގާބޭޖްޓްރަކް” އައިސް ނުނަގަނީސް އޭނާ އަށް ބޭނުންވާ ސާމާނު ހޮވާލައިގެން ގެއަށް ގެނެސް ބޭނުން ކުރަމުންދަނީ ކަމަށެވެ. އަދި މޭޒަކަށް ބޭނުން ކުރަމުންދަނީ މެގަޒިންތައް މަތިމައްޗަށް ބަހައްޓައިގެންނެވެ. ކޭޓް ބުނާގޮތުން ފަރުނީޗަރ މިގޮތަށް ބޭނުން ކުރުމުން އޭނައަށް 1000ޑޮލަރު ރައްކާ ކުރެވުނެވެ.

ކޭޓް ބުނާގޮތުން އޭނާ ކަރަންޓް އަދި ފެން ހަރަދު ކުޑަކުރުމަށް ގޭގައި ނުކައްކައެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި މަހެއްގެ މައްޗަށް އޭނާ ހޭދަކުރާ 200ޑޮލަރުން އޭނާގެ ފެންބިލާއި ކެއުމުގެ ހަރަދު ހަމަޖައްސަނީ އެފައިސާއިންނެވެ.

ލާންގެންގުޅޭ ހެދުން ނުގަންނަތާ 8އަހަރުވެދާނެކަމަށްވެސް ކޭޓް ބުނެއެވެ. އަދި އެންމެފަހުން ކޭޓް ލާން ޖަންގިޔާތައް ގަނެފައިވަނީ 1988 ވަނައަހަރުގައެވެ. ހަރަދު ކުޑަކޮށް ދިރިއުޅުން ބަހައްޓާ ކޭޓް ބުނަނީ އޭނައަކީ އަބަދުވެސް ފައިސާބޭކާރު ގޮތުގައި ހޭދަކުރާ ހިތްވާ މީހެއްނޫންކަމަށެވެ.