English Edition
Dhivehi Edition

ގއ ވިލިނގިލިން 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ވިލިނގިލިން އިއްޔެ ފެނުނު ކޮވިޑް ކޭސްތަކާއި ގުޅިގެން އޭއޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގއ އަތޮޅު ފޯކަލް ޕޮއިންޓް އަސްމާ އަބްދުﷲ ވިދާޅުވީ، ފައްސިވެފައިވަނީ މާލެ އިން ވިލިނގިއްޔަށް ދަތުރުކުރި ވިލިނގިލީ 3 މީހެއް ކަމަށާއި އަދި ބަލީގެ އަލާމާތްތައް ފެނި ނެގި ސާމްޕަލް ތަކުން ފައްސިވެފައިވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އަސްމާ ވިދާޅުވީ، ފައްސިވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުގެ ކަންތައްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ވިލިނގިލިން ކޮވިޑް ކޭސްތަކެއް މި ފެނުނީ، 187 ފައްސި ކޭސްއެއް ފެނި މިބަލީގައި އެކަކު ނިޔާވެ އެރަށް މޮނިޓަރިންގ ހާލަތު އުވައިލައިފައި އަޮންނަތާ 23 ދުވަސް ފަހުންނެވެ. އަދި ވިލިނގިއްޔަކީ 98 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށެއް ކަމަށްވެސް އަސްމާ ވަނީ ފާހަގަކޮށްފައެވެ.