English Edition
Dhivehi Edition

ނަޑެއްލާ އައިލެންޑް ޑެވެލޮޕްމެންޓް ސޮސައިޓީ (ނިޑްސް) ޖަމިއްޔާއިން ތައްޔާރުކުރި އެނާރޖީ އޮޑިޓް، ނަޑެއްލާ ކައުންސިލުން ފާސްކޮށްފިއެވެ.

ޖީ.އީ.އެފް ސްމޯލް ގްރާންޓްގެ ދަށުން ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގެ އެހީގައި ކުރިއަށްގެންދާ ގްރީން އެނާރޖީ ޕްރޮޖެކްޓްގެ ހަރަކާތެއްގެ ގޮތުން ތައްޔާރުކުރެވުނު އެނާރޖީ އޮޑިޓް ނަޑެއްލާ ކައުންސިލްގެ ފަރާތުން ފާސްކުރައްވާފައި ވަނީ މި މަހުގެ ހޯމަ ދުވަހުއެވެ. ނަޑެއްލާގެ ކުނި މެނޭޖްކުރާ. މި އޮޑިޓުގެ މައިގަނޑު މަގްސަދަކީ ނަޑެއްލާގެ ކުނި މެނޭޖްކުރާ މަރުކަޒަކީ 80 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ހިންގާ ތަނަކަށް ހެދުމެވެ.

މި އޮޑިޓަށް ބިނާކޮށް ކުނި މެނޭޖްކުރާ މަރުކަޒުގައި ސޯލާ ޕެނަލް ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. އަދި މީގެ އިތުރުން މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ މުއައްސަސާތަކާއި ގޭބިސީތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން އިއާދަކުރަނިވި ހަކަތައަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނިޑްސް ޖަމިއްޔާ އިން ވަނީ މި އަހަރު ތެރޭގައިވެސް ނަޑެއްލާގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އެ ރަށުގެ ހިތްގައިމު މަންޒިލުތަކާއި ރީތިކަން ދުނިޔެއަށް ދައްކާލުމަށް ޕްރޮޖެކްޓެއް ހިންގައި ސާފުތާހިރު ތަނެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ އެކިއެކި ޕްރޮގްރާމްތައް ހިންގާފައެވެ.