English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ .

ސިއްޙީ މަރުކަޒު ހިންގެވުމާ ހަވާލު ވެގެން ހުންނެވި އިބްރާހިމް ދީދީ އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޮޒިޓިވް ވެފައިވަނީ އަރިދަފުސް ރޯގާގެ އަލާމާތެއް ހުރެގެން ސިއްޙީ މަރުކަޒަށް ދެއްކި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. ޕޮޒިޓިވްވި ބަންގަލަދޭޝް މީހާ އަކީ ހުޅުދޫ ގެއެއްގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރު ވަމުންދާ މިދަނޑިވަޅުގައި ވަކިން އޮންނަ ހުޅުދޫ އަދި މީދޫގައި ބަލި އެއްކޮށް ނެތުމަށްފަހު މިއަދު ފެނުނު ކޭސްއާއެކު އޭނާގެ ކޮންޓެކްޓް ޓްރޭސިންގ ހަދައި މިހާރު ކޮވިޑްބަލި މިދެރަށަށް އައިގޮތް ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިބްރާހިމްދީދީ ވިދާޅުވިއެވެ.

އައްޑޫގައި މިވަގުތު ކޮވިޑްގެ އެންމެ ގިނަކޭސްތައް ފެނިފައިވަނީ މަރަދޫންނެވެ. އެއީ މަރަދޫގައި 85ކޭސް، ހިތަދޫގައި 17 ކޭސް، ފޭދޫގައި 14 ކޭސް އަދި މަރަދޫފޭދޫގައި އެކްޓިވް 39ކޭސް އެވެ.

މިއަދު ސ. ހުޅުދޫން ފެނުން ކޮވިޑްގެ ބަލިމީހާއާއިއެކު އައްޑޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 150 އަށް އަރާފައެވެ. އަދި ކޮވިޑް ބަލީގައި އައްޑޫ އިން މިހާތަނަށް 3 މީހަކު ވަނީ ނިޔާވެފައެވެ.

ޓެގު