English Edition
Dhivehi Edition

ޓެމިލް ފިލްމެއް ކަމަށްވާ “ކާންޗަނާ 3” އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ރަޝީއާގެ އެކްޓަރު އެލެކްސްއެންޑްރާ ޑީޖާވީ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެލެކްސްއެންޑްރާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އިންޑިއާގެ ގޯއާގައި ހުންނަ ކުއްޔަށްދޭ ގެއެއްގެ ތެރެއިންނެވެ، ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ޗެންނާއީގައި ދިރިއުޅެމުން ދިޔަ އެލެކްސްއެންޑްރާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ،

ފުލުހުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ އޭނާ އަށް އަމިއްލައަށް ދަންޖެހުނީތޯ ނުވަތަ ނޫންތޯ ޔަގީންކުރެވޭނީ ޕޯސްޓްމޯޓަމް ހެދުމަށްފަހު ކަމަށެވެ. އަދި އޭނާގެ މަރުގެ ހަބަރު ރަޝީއާގެ އެމްބަސީ މެދުވެރިކޮށް އާއިލާއަށް ވެސް ފޮނުވާއިރު ރަޝިއާ އެމްބަސީއިން ބުނީ އާއިލާގެ ފަރާތުން ޖަވާބެއް ލިބުނުހާ އަވަހަކަށް އޭނާގެ ޕޯސްޓްމޯޓަމް ހަދާނެކަމަށެވެ.

އިތުރަށް އިންޑިއާގެ ފުލުހުން ބުނީ އެލެކްސްއެންޑްރާ މަރުވީ އޭނާގެ ލޯބިވެރިޔާ ކައިރީގައި ނެތި ގިނަ ދުވަސްވެފައިވާތީ ނަފްސާނީ ގޮތުން ދިމާވި މައްސަލަތަކަށްވެސް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.