English Edition
Dhivehi Edition
Road linking between hithadhoo island and maradhoo island of addu atoll in Maldives

އައްޑޫ ސިޓީގައި ކޮވިޑް19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 145 ކަށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އައްޑޫ އިން އިތުރު ތިންމީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ، އެއީ މަރަދޫ އިން ޕޮޒިޓިވްވި މި ދެ މީހަކާއި ފޭދޫއިން ޕޮޒިޓިވްވި މީހެކެވެ.

އައްޑޫ ސިޓީގެ ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 145 އަކަށް އަރާފައިވާއިރު މި ވަގުތު ހިތަދޫ ގައި ބަލި ޖެހިފައިވާ އެގާރަ މީހުން އެބަތިއްބެވެ. އަދި ފޭދޫގައިވެސް ބަލިޖެހިފައިވާ އެގާރަ މީހުން ތިބިއިރު މަރަދޫފޭދޫގައި 38 މީހަކު އެބަތިއްބެވެ. އައްޑޫ ސިޓީގެ މަރަދޫގައި 85 މީހަކަށް ބަލިޖެހިފައިވާއިރު މި ވަގުތު ދެ މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަކަމަށް އޭއީއެޗް އިން ވަނީ ހާމަކޮށްފައެވެ.

އައްޑޫ އިން މިހާތަނަށް ޖުމްލަ 733 މީހުންނަށް ބަލިޖެހިފައިވާއިރު 586 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ދެމީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ.