English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ކަރަންޓީން މަންޒިލެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށާއި، އެއީ ގައުމަށް ފައިދާ ހުރި ރަނގަޅު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އޮމަދޫ ރައްޔިތުންނާއި ބައްދަލުކުރުމުން އެ ރަށު މީހުން ވަނީ ރާއްޖެ ކަރަންޓީން މަންޒިލެއްގެ ގޮތުގައި ބޭނުންކުރުމާއި ގުޅިގެން އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖެ ޓްރާންސިޓް ސްޕޮޓެއްގެ ގޮތުގައި ބޭނުންކުރަނީ ރާއްޖެއިން ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރުކުރާއިރު ކަރަންޓީނެއް ނެތި، ފަސޭހަކަމާއިއެކު ގައުމުތަކަށް ދަތުރު ކުރެވޭތީ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ގެސްޓު ހައުސް ވިޔަފާރީ ކުރަމުންދާ ފަރާތްތަކަށް ރަނގަޅު އާންމުދަނީއެއް ލިބެމުންދާކަމަށާއި މިކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ވަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ތ.އަތޮޅުގެ 07 ރަށަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތރުފުޅުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.